ރ. މީދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ މަހާ ރެހެނދި ފިއެސްޓާ ނެޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ސްޓާސްއާއި ޒިލީން ކާމިޔާބުކޮށްފިއެވެ.

ސްޓާސްއިން ހޭރިޔާއާއި ބައްދަލުކުރި މެޗު ކާމިޔާބުކުރީ 18 ޕޮއިންޓް 17 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ. މިއީ މުބާރާތުގައި ސްޓާސްއިން ހޯދި ދެވަނަ މޮޅެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޭރިޔާގެ ލައިޝާ އަޒްމީލްއެވެ.

މިއަދުގެ ދެވަނަ މެޗުގައި ޒިލީން ޑެއިޒީގެ މައްޗަށް ކުރި ހޯދީ 25 ޕޮއިންޓު 16 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒިލީގެ ލުބުނާ ރަފީއުއެވެ.

މި މުބާރާތުގައި މާދަމާ ކުޅެވެނީ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތަކެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑެއިޒީ އަދި ސްޓާސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޭރިޔާ އަދި ޒިލީއެވެ.