ރ. މީދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ނެޓުބޯޅަ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެއްޖެއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޑެއިޒީ، ހޭރިޔާ، ޒިލީ އަދި ސްޓާރސްއެވެ. މަހާ ރެހެނދި ފިއެސްޓާ 2022 ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ދުވަހަކު ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަކުރާނީ ޑެއިޒީ އަދި ހޭރިޔާއެވެ.
ދެވަނަ މެޗުގައި ޒިލީ އަދި ސްޓާސް ވާދަކުރާއިރު، ޑިސެމްބަރު 10 ގައި އޮންނަ މެޗުތަކުގައި ބައްދަލުކުރާނީ ހޭރިޔާ އަދި ސްޓާސްގެ އިތުރުން ޑެއިޒީ އަދި ޒިލީއެވެ. އަދި 11 ޑިސެމްބަރުގައި ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ޑެއިޒީ އަދި ސްޓާސްގެ އިތުރުން ހޭރިޔާ އަދި ޒިލީއެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ގުރޫޕް ސްޓޭޖުގެ އެއް ވަނަ އަދި ދެވަނަ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހުއެވެ.