މީދޫ ކައުންސިލުން ދެމުން ގެންދާ ’ނަލަ ނަލަ މީދޫ‘ އެވޯޑު ހޭރިޔާ ގުރޫޕަށް އަރުވައިފިއެވެ.
ނަލަނަލަ މީދޫ އެވޯޑަކީ ސާފުނަލަ މީދޫ ޕްރޮގުރާމުގެ ދަށުން ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ ގުރޫޕުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގުރޫޕުތަކަށް ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ. މީގެ ކުރިން މި އެވޯޑު ލިބިފައިވަނީ އެމް.ކޮކޯ ގުރޫޕަށެވެ.
ހޭރިޔާ ގުރޫޕުން އަންނަނީ ބަނދަރުގެ އުތުރު ސަރަހައްދު ބަލަހައްޓާ ސާފުކޮށް އެ ސަރަހައްދުގައި އާއްމުންނަށް ތިބެވޭނެ ހެން ހަޓުތައް ޖަހާ އެ ސަރަހައްދު ތަރައްޤީ ކުރަމުންނެވެ.