ފަނަރަ އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް ރަށަށް އާއްމު ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރަތްތަކަށް ކައުންސިލުން އަރުވާ ހާއްސަ އެވޯޑު ’ތައްޚާނު އެވޯޑު‘ ދެ ފަރާތަކަށް އަރުވައިފިއެވެ.

ރޭ ކައުންސިލުން ބޭއްވި މަހާސަނަދު ހަފްލާގައި މި އެވޯޑު އަރުވާފައިވަނީ 2005 އިން ފެށިގެން 2022 އަށް މެދުކެނޑުމެއް ނެތި ކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގައި ހޭދަކުރެއްވި މީދޫ ޒިންނޫރައިނި މިސްކިތުގެ ކުރީގެ އިމާމް މޫސާ އަޙްމަދުގެ އިތުރުން އާއްމު ހިދުމަތުގެ ދާއިރާއިން ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އަދި ޖުމްލަ 45 ފަހަރެއްގެ މަތިން ލޭ ހަދިޔާ ކުރައްވާފައިވާ ރ. މީދޫ ސައިބޯނިގެ އިބްރާހިމް ރަޝީދުއަށެވެ.

ކައުންސިލުން ރޭ ބޭއްވި މަހާސަނަދު ޙަފްލާގައިވަނީ ކައުންސިލުން ދެމުން އަންނަ އެކި ހާއްސަ އެވޯޑުތައް ހާސިލްކުރި ފަރާތްތަކަށް އެވޯޑު އަރުވާފައެވެ.