މީދޫ ކައުންސިލުން ދޭ ކަލޭފާނު އެވޯޑު ހަތަރު ފަރާތަކަށް ދީފިއެވެ.

ކަލާފާނު އެވޯޑަކީ އިޖުތިމާޢީ ގޮތުން ރަށަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްދީފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

ރޭ ކައުންސިލުން ބޭއްވި މަހާ ސަނަދު ހަފްލާގައި މި އެވޯޑު އަރުވާފައިވާ ފަރާތްތަކަކީ ޙަރިއްޔާ އަޙްމަދު (ރަސްމާދޫގެ)، އަފީފާ ސަޢީދު (ހަކީމީގެ)، ޢަލީ އިބްރާހިމް (އަތަމާގެ) އަދި އަޙުމަދު އިބްރާހިމް (ރަތްފުސްގެ) އެވެ.

ރޭގެ ހަފްލާގައި މި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. ރޭގެ ހަފްލާގައިވަނީ ކަލޭފާނު އެވޯޑުގެ އިތުރުން، ނުރާނީ އެވޯޑު، ތައްޚާނު އެވޯޑު، ތަކުރުފާނު އެވޯޑު އަދި ނުރާނީ ފިލާ ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފައެވެ.