Follow us on
މިފަހަރުވެސް ޢީދު ހަދިޔާގެ ގޮތުގައި އިނގުރައިދޫ ކޫލްމާރޓް ޕްލަސް އިން 10 ކުއްޖަކަށް އެހީވަނީ
| އިބްރާހިމް ރަފްހާން

ރ. އިނގުރައިދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ކޫލް މާރޓް ޕްލަސްގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދާއި ދިމާކޮށް ޢީދު ހަދިޔާގެ ގޮތުގައި އެހީތެރިކަން ބޭނުންވާ 10 ކުއްޖަކަށް އެހީތެރިވުމަށް ނިންމައިފިއެވެ.

އެ ފިހާރައިން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނީ، 10 ކުއްޖަކަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ދޭނެކަމަށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި ގޭގެ ނަން އަދި ފޯން ނަމްބަރު ޖެއްސެވުމަށްފަހު 9679936 އަށް މެސެޖް ކުރެއްވުމަށް އެދެއެވެ.

އެ ފިހާރައިން މަޢުލޫމާތު ދެމުން ބުނީ، ހަދިޔާ ދިނުމުގައި ރ. އަތޮޅަށް ނިސްބަތްވާ ކުދިންނަށް އިސްކަން ދެވޭނެކަމަށާއި ނަމަވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކުއްޖަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. މި ހަދިޔާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާނެކަމަށް އެ ފިހާރައިން މަޢުލޫމާތުދެއެވެ.

ރ. އިނގުރައިސޫ ކޫލްމާރޓް ޕްލަސް ފިހާރައަކީ ކުޑަކުދިންނަށް ބޭނުންވާ ތަފާތު ސާމާނާއި އާއްމުކޮށް ބޭނުންކުރާ އެކި ބާވަތްތަކުގެ ފެންވަރު ރަނގަޅު ސާމާނުތަކުގެ އިތުރުން އެކި ބާވަތްތަކުގެ ކާބޯތަކެތި ވިއްކަމުން ގެންދާ ފިހާރައެއްކަން ފާހަގަކޮށްލެވެއެވެ.

އާއްމު މުދާ ވިއްކުމުގެ އިތުރުން އެ ފިހާރައިން އަންނަނީ ތަފާތު ބާވަތްތަކުގެ ގަސް ވިއްކުމުގެ އިތުރުން އެކި ބާވަތްތަކުގެ ގަސްތަކަށް ދިމާވާ ބަލިތަކާއި ބެހޭ މަޢުލޫމާތާއި އޭގެ ހައްލުވެސް ކަސްޓަމަރުންނަށް ހިއްސާ ކުރަމުންނެވެ. އެގޮތުން އެކަމަށް ހާއްސަކޮށްގެން އެ ފިހާރައިން ވަނީ ހާއްސަ ކޮމިއުނިޓީ ވައިބަރ ގްރޫޕެއްވެސް ހަދާފައެވެ.

މީގެ އިތުރުން އެ ފިހާރައިން ރ. އަތޮޅުގެ ރަށްތަކަށް ހިލޭ ޑެލިވެރީކޮށްދެމުން ގެންދާކަމަށްވެސް އެ ފިހާރައިން މަޢުލޫމާތުދެއެވެ.

ކޫލް މާރޓް ޕްލަސް އިން ލިބިލައްވާ އެކި ބާވަތްތަކުގެ މުދާތައް ބެއްލެވުމަށް:

ކޫލް ނޭޗަރ ކޮމިއުނިޓީ ވައިބަރ ގްރޫޕަށް ގުޅިވަޑައިގަންނަވާ

ކޫލް މާރޓް ޕްލަސްގެ ކޮމިއުުނިޓީ ވައިބަރ ގްރޫޕަށް ގުޅިވަޑައިގަންނަވާ

ޚިޔާލު ފާޅުކުރައްވާ