ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިންގ ސެންޓަރެއް ޤާއިމްކުރަނީ

ރ. އުނގޫފާރުގައި ތަރައްޤީ ކުރަމުން އަންނަ އިސްލާމީ މަރުކަޒުގައި ލާރނިންގ ސެންޓަރެއް ޤާއިމް ކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ޔުނިވަރސިޓީގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު މަޢުލޫމާތެއް އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި ކިންގް ސަލްމާން މިސްކިތާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށެވެ.

ރ. އުނގޫފާރުގައި ތަރައްޤީ ކުރަމުން އަންނަ އިސްލާމީ މަރުކަޒަކީ 2017 ވަނަ އަހަރު މަސައްކަތް ފަށާފައިވާ މަރުކަޒެކެވެ. މި އިސްލާމީ މަރުކަޒަކީ ރ. އުނގޫފާރަށް ނިސްބަތްވާ ކުރީގެ މަޖިލިސް މެމްބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބިނާ ކުރާ އިސްލާމީ މަރުކަޒެކެވެ.