Follow us on
ދުވާފަރު ޕްރައިމަރީ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުން އައި ކުއްޖަކު ނިޔާވެއްޖެ
| އަޙްމަދު އަނަސް ޙަބީބް

ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގައި ކިޔަވަމުން އައި 10 އަހަރުގެ ކުއްޖަކު މިއަދު ނިޔާވެއްޖެއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ އިސް ބޭފުޅަކު މީދޫ ޓައިމްސްއަށް މަޢުލޫމާތުދެއްވި ގޮތުގައި ނިޔާވެފައިވަނީ ތެލެސީމިޔާ ބައްޔަށް ފަރުވާ ކުރަމުން އައި ކުއްޖެކެވެ. އެ ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި މާލޭގައެވެ. ނިޔާވި ކުއްޖާގެ ޖަނާޒާ މާލޭގައި ބާއްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ކުއްޖާ ނިޔާވުމާއި ގުޅިގެން ދުވާފަރު ޕްރައިމަރީ ސްކޫލުން ވަނީ އެ މަދަރުސާގެ ދަރިވަރުންނާއި ހުރިހާ މުވައްޒަފުންގެ ފަރާތުން އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.   މީދޫ ޓައިމްސްގެ ފަރާތުން ކުއްޖާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާ ކުއްޖާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވަން.

ޚިޔާލު ފާޅުކުރައްވާ