ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ އިސްލާހު ފާސްކޮށްފިނަމަ ދިވެހި ޤައުމިއްޔަތުގައި ރެނދުލާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ހުށައަޅިއްވާފައިވާ އިސްލާހުގެ ސަބަބުން ރާއްޖޭގައި ތަފާތު ސަގާފަތާއި ދީންތައް ތައާރަފު ވާނެކަމަށާއި ޤައުމީ މަސްލަހަތު ގެއްލޭނެކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ ދައުލަތުގެ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ތަޢުލީމީ މާހިރުން މިކަމާއި ދެކޮޅަށް ބަސް ވިދާޅުވާން ޖެހޭކަމަށެވެ.
އިމިގްރޭޝަން ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީންނަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީންނަށް ރާއްޖޭގެ ރެސިޑެންސް ވިސާ ދޭގޮތަށް ހަމަޖެއްސުމަށެވެ.