Follow us on
ސަޕްލައި ދޯނި ރ. އާރަށު ފަޅުތެރެއަށް އަޑިޔަށް ގޮސްފި
| އިބްރާހިމް ރަފްހާން

ރ. އާރަށު ފަރަށް އެރި ‘އިތުބާރު 1’ ސަޕްލައި ދޯނި އެ ރަށު ފަޅުތެރެއަށް އަޑިއަށްގޮސްފިއެވެ.

އެ ދޯނި ފުންކުރުމަށް ރ. މީދޫއިން އާރަށަށް ދިޔަ ދޯނީގައި ހުރި މީހަކު މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނީ ސަޕްލައި ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާކަމަށާއި ސަޕްލައި ދޯނީގެ މުޅި އިންޖީން ރޫމަށްވެސް ފެން ވަދެފައިވާކަމަށް އޭނާ މަޢުލޫމާތު ދިނެވެ.

މިކަމާއި ގުޅޭ ގޮތުން އެމް.އެން.ޑީ.އެފުން ބުނީ މިކަމުގެ ރިޕޯޓު އެމް.އެން.ޑީ.އެފަށް މިރޭ 21:30 ހާއިރު ލިބިފައިވާކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެފައިވާއިރު މިއަދު އެކި ހިސާބުތަކުގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެފައިވެއެވެ. އަދި އެމް.އެން.ޑީއެފުންނާއި މެޓް އޮފީހުންވަނީ މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

 

ޚިޔާލު ފާޅުކުރައްވާ