Follow us on
ފެނަކަ ރ. މީދޫ ބުރާންޗުގެ އާ އޮފީސް އިމާރަަތުގެ ބިންގާ އަޅައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫ ފެނަކަ ބްރާންޗުގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ކުރީގެ ޔުޓިލިޓީސް އިންޖީނުގެ ހިންގި ބިމުގައި އަޅާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސަޢީދުއެވެ.

އަލަށް ތަރައްޤީ ކުރާ އޮފީސް އިމާރާތުގައި 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގައާއި މީޓީންގ ރޫމްއަކާއި، ރިސެޕްޝަން އަދި ލޮބީ އޭރިއާއެއްގެ އިތުރުން މެނޭޖަރ ރޫމް، ޕްރެޔަރ ރޫމް، ޕޭންޓްރީ، ރެސްޓު ރޫމް އަދި ސްޓޯރެއްވެސް ހިމެނެއެވެ.

ބިންގާ އެޅުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފެނަކަގެ އެމްޑީ ވިދާޅުވީ، މީދޫގެ ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅުގެ ތެރޭގައި ފެށޭނެކަމަށާއި އަދި މީދޫއަށް 800 ކިލޯވޯޓުގެ އިތުރު ޖެނެރޭޓަރެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.

މި ސަރުކާރުން މީދޫގެ ކަރަންޓުގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުކޮށްދީފައިވާއިރު އާ ދެ ޖެނެރޭޓަރެއް ގެނެސް ކަރަންޓު ކެނޑުމުގެ މައްސަލަވެސް ވަނީ ހައްލުކޮށްދީފައެވެ. މީގެ އިތުރުން ފެނަކަ އިންޖީނުގޭގެ ވަށާ ފާރު ރޭނުމާއި ތެޔޮ ރައްކާކުރާނެ ބޮޑު ދެ ސްޓޯރޭޖްވެސް ވަނީ ގާއިމްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ