Follow us on
ރ. މީދޫ ސްޕޯޓްސް ކުލަބުން މިއަދު 23 އަހަރުން ދަށުގެ ޤައުމީ ޓީމާއި ދެކޮޅަށް!
| އިބްރާހިމް ރަފްހާން

23 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުން ޅ. އަތޮޅުގައި ކުރަމުންދާ ހާއްސަ ކޭމްޕުގެ ތެރެއިން މިއަދު ހަވީރު ރ. މީދޫ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުންނާނެއެވެ.

ޅ ހިންނަވަރުގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. މި މެޗަށް މިދިޔަ މަހުގެ ފަހު ކޮޅުން ފެށިގެން މީދޫ ސްޕޯޓްސް ކުލަބުން އައީ ތައްޔާރަވަމުންނެވެ.

މި މެޗުގެ ސްކޮޑަށް ނަގާފައިވަނީ މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މި މެޗަކީ މީދޫ އެސްސީން ޤައުމީ ޓީމަކާއި ކުޅޭ މިފަދަ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ