Follow us on
ރ. މީދޫ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދާ ފަހާ ކޯސް އަލުން ފަށައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދާ ފަހަން ދަސްކޮށްދޭ ކޯސް އަލުން ފަށައިފިއެވެ.

2020 ވަނަ އަހަރުގެ މާރިޗު މަސްތެރޭ ފެށި މި ކޯސް އޭރު މެދުކަނޑާލަން ޖެހުނީ ކޯވިޑްގެ ހާލަތާއި ގުޅިގެންނެވެ. ކޯސް މެދުކަނޑާލިއިރު ކޯހުގެ އެއްބައި ކުލާސްތައް އޭރު ވަނީ ނިންމާފައެވެ.

ހަފް ޓެއިލަރސް ޓްރެއިނިންގ އިންސްޓިޓިއުޓްއާއި ގުޅިގެން ކުރިއަށް ގެންދާ މި ކޯހުގައި އިތުރު 20 ކުލާސް ނަގައިދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކޮމިޓީން މަޢުލޫމާތުދެއެވެ. އަދި ކޯހުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށް ކޮމިޓީން މަޢުލޫމާތުދެއެވެ.

މި ކޯހުގައި 29 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ