Follow us on
ޕީސީއާރާއި ނުލާ ދަތުރު ކުރެވޭ 28 ރަށުގެ ތެރޭގައި ރ. މީދޫ!
| އިބްރާހިމް ރަފްހާން

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ޕީ.ސީ.އާރު ޓެސްޓު ހެދުމަކާއި ނުލާ ދަތުރު ކުރެވޭ 28 ގެ ތެރޭގައި ރ. މީދޫ ހިމެނިއްޖެއެވެ.

މިއަދުން ފެށިގެން ޕީސީއާރު ހެދުމަކާއި ނުލާ ދަތުރު ކުރެވެނީ ރަށުގައި ދިރިއުޅޭ 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުންނާއި 65 އަހަރުން މަތީ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައި ރަށްރަށެވެ.

މިގޮތުން ދަތުރު ކުރެވޭނީ އެމީހަކު ފުރާ ރަށެއްގެ ހަފްތާއެއްގެ ޕޮޒިޓިވިޓީ ރޭޓު 5 އިންސައްތައަށްވުރެ ދަށް ރަށަކުން ފުރާނަމައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއްމުކޮށްފައިވާ ގޮތުން ރ. މީދޫގައި ދިރިއުޅޭ 12 އަހަރުން މަތީގެ 1258 އަށް މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ 100 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ޕ

ޚިޔާލު ފާޅުކުރައްވާ