Follow us on
ރ. އަލިފުށި ބިން ހިއްކާ އެއާޕޯޓެއް ތަރައްޤީ ކުރަން އެމްޓީސީސީ އާއި ހަވާލުކޮށްފި
| އިބްރާހިމް ރަފްހާން

ރ. އަލިފުށި ބިން ހިއްކާ އެއާޕޯޓެއް ތަރައްޤީ ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.

މި މަޝްރޫޫއުގެ ދަށުން، ރ. އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށް ހާއްސަކޮށްގެން ހިއްކޭ ބިމެވެ.

އަދި 40.05 ހެކްޓަރުގެ ބިމަކީ އެއާޕޯޓު ތަރައްޤީ ކުރުމަށް ހިއްކާ ބިމެއްކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ޤާއިމުކޮށް އެއާޕޯޓެއް ތަރައްޤީ ކުރެވިގެންދާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމެންޓަކާއި 480 މީޓަރުގެ ގްރޮއިންއެއް ޤާއިމް ކުރެވިގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ