Follow us on
ރ. މަޑުއްވަރީ މޮނިޓަރިންގ ހާލަތަށް ގެނެސްފި
| އިބްރާހިމް ރަފްހާން

ކޯވިޑްގެ ކޭސްތަކެއް ފެނިފައިވާތީ ރ. މަޑުއްވަރީ މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.

މަޑުއްވަރީ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާއިރު، އެރަށުގައި ހުން ފެތުރެމުންދާތީ ރަށު ތެރެއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 2 ސާމްޕަލްއެއް ވަނީ ފައްސިވެފައެވެ.

އެހެންނަމަވެސް މަޑުއްވަރީ މޮނިޓަރިންގ ހާލަތަށް ގެންނަން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މަޑުއްވަރީ މޮނިޓަރިންގ ހާލަތަށް ލުމުން މިވަގުތު ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މޮނިޓަރިންގ ހާލަތުގައި އޮތީ މަޑުއްވަރީގެ އިތުރުން ދުވާފަރެވެ. ދުވާފަރު މޮނިޓަރިންގ ހާލަތުގައި އޮންނަތާ މިހާރު 3 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

 

ޚިޔާލު ފާޅުކުރައްވާ