Follow us on
އައި.ޓީ ސޮލިއުޝަންސް މިހާރު މާ ގަދަކޮށް، ކެންވަސް ޕްރިންޓުވެސް ކުރެވޭނެ!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހިންގަމުން އަންނަ އައިޓީ ސޮލިއުޝަންސް ފިހާރައިން އަތޮޅު ތެރެއިން ނުކުރެވޭ ފަދަ މުހިއްމު ކަންކަން މިހާރު ކުރެވޭނެއެވެ.

ކޮމްޕިއުޓަރު ފަދަ ތަކެތި ހެދުމުގެ މަސައްކަތުން ފެށި ފިހާރަ އިތުރަށް ފުޅާކޮށް މިހާރު އެއީ ކެންވަސް ޕްރިންޓު ފަދަ ބޮޑެތި ކަންތައް އެއް ތަނަކުން ކޮށްލުމަށް އެންމެ ރަނގަޅު ފިހާރައެވެ.

އައިޓީ ސޮލިއުޝަންސްއިން މިހާރު ކުރެވޭ ބައެއް ކަންތައްކުގެ ތެރޭގައި ކެންވަސް ޕްރިންޓު ކުރުމާއި، ބެނަރ ޕްރިންޓު ކުރުމާއި، ބިލު ފޮތް ހެދުމާއި ނަން ބޯޑު ހެދުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އައިޓީ ސޮލިއުޝަންސްއިން ގިނަ ވައްތަރުތަކުގެ ސްޓޭޝަނަރީ ލިބެން ހުންނަކަންވެސް ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ހުރިހާ ހިދުމަތެއްވެސް މާލެއަށްވުރެ އަގު ހެޔޮކޮށް ފަސޭހަކަމާއެކު އައިޓީ ސޮލިއުޝަނުން ކުރެވޭ ކަމެވެ.

މީގެ އިތުރުން ރ. އަތޮޅުގެ ރަށްތަކުން އަންނަ އޯޑަރުތަކަށް ހަދާ ތަކެތި އަތޮޅު ފެރީ މެދުވެރިކޮށް ރަށްރަށަށް ޑެލިވަރީ ކޮށްދޭ ކަންވެސް ފާހަގަކޮށްލެވެއެވެ.

އައިޓީ ސޮލިއުޝަންސްގެ ހިދުމަތް ހޯދުމަށާއި ހިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު 9790799 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ