Follow us on
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހިިތްގައިމު މާޙައުލުގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު! ކިޔަވައިދެއްވާނީ މާސްޓާސް ފެންވަރުގެ މުދައްރިސުން!
| އިބްރާހިމް ރަފްހާން

ރ. އަތޮޅުގައި އޭލެވެލް ކިޔަވައިދިނުމުގައި އެންމެ ތަޖުރިބާހުރި ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޭ ލެވެލް އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެދުކެނޑުމެއް ނެތި އޭލެވެލް ކިޔަވައި ދެމުން އަންނަތާ 16 އަހަރުވެފައިވާ ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ އޭލެވެލް ހެދުމަށް އެންމެ އެކަށޭނެ ސްކޫލްކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު އޭލެވެލްއަށް ކިޔަވައިދެމުން އަންނަނީ މުޅިންވެސް މާސްޓާސް ފެންވަރުގެ ތަޖުރިބާހުރި މުދައްރިސުންނެވެ.

މީގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފެހި ހިތްގައިމު މާހައުލުގައި ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމައެއާއެކު ލީޑާޝިޕް ކުރިއެރުވުމަށް އޭލެވެލްގެ ދަރިވަރުންނަށް ސްޓޫޑެންޓް ކައުންސިލްގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިހާރު ފެށިގެން ކުރިއަށްދާ ދިރާސީ އަހަރަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޭލެވެލްއަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ޝަރުތުތަކަކީ އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ‘ސީ’ ފާސް ލިބުމާއެކު އައިޖީސީއެސްސީ އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ‘ސީ’ ފާސް ލިބިފައިވުމެވެ.

މީގެ އިތުރުން ބީޓެކް ކިޔަވާ ދަރިވަރެއް ނަމަ ޝަރުތަކީ ބީޓެކް އޯލެވެލް އިން ދަށްވެގެން ‘ޕާސް’ ލިބިފައިވުމާއެކު ދިވެހި ނުވަތަ އިސްލާމްއިން ފާސްވެފައިވުން ނުވަތަ އެސްއެސްސީ ޖީސީ އޯލެވެލް/ އައިޖީސީ އެސްސީ އިމްތިހާނުން ކޮންމެވެސް ހަތަރު މާއްދާއަކުން ފާސްވެފައިވުމެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޭލެވެލް އަށް ވަނުމުގެ ފުރުސަތު ވަނީ 31 އޯގަސްޓު 2021 އާއި ހަމައަށް ހުޅުވާލާފައެވެ.

އޭލެވެލްއަށް ވަނުމަށް އެދޭ ފޯމް:

https://docs.google.com/forms/d/e/1FAIpQLSeYnXjLTPLtKlv1qB1cDOeR8O9GVGSSemroY_umDo7HHrflIw/viewform?usp=send_form

ޚިޔާލު ފާޅުކުރައްވާ