Follow us on
މިއަހަރުގެ އާޝޫރާ ދުވަހަކީ އޯގަސްޓު 18 – އިސްލާމިކް މިނިސްޓްރީ
| އިބްރާހިމް ރަފްހާން

1443 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ އޯގަސްޓު މަހުގެ 18 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ އުސޫލުގެ ދަށުން މުޙައްރަމް މަހުގެ 1 ވަނަ ދުވަސްވީ އޯގަސްޓު މަހުގެ 9 ވަނަ ދުވަހަށް ކަމަށާއި އެހެންކަމުން އާޝޫރާ ދުވަހަކީ އޯގަސްޓު 18 ކަމަށެވެ.

މީގެ އިތުރުން އަހަރު ފެށުމުގައި އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރިކަމުގައި ވީ ނަމަވެސް ޢަމަލު ކުރަންވާނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި ޢަމަލު ކުރެވޭ އުސޫލަކަށްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އާޝޫރާ ދުވަހާއި އެދުވަހުގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހު ރޯދައަށް ހުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

ޚިޔާލު ފާޅުކުރައްވާ