Follow us on
ރ. މީދޫގައި އެނދުމަތިވެފައިވާ ފަރާތްތަކަށް ކައުންސިލް މެމްބަރުން ޒިޔާރާތް ކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި އެނދުމަތިވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ އަރިހަށް މީދޫ ކައުންސިލްގެ މެމްބަރުން ޒިޔާރާތް ކޮށްފިއެވެ.

މިއަދު ކުރި މި ޒިޔާރަތުގައި ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ހިމެނޭހެން ހުރިހާ މެމްބަރުންވަނީ ބައިވެރިވެފައެވެ. އަދި އެނދުމަތިވެފައިވާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ވަނީ ހަދިޔާއެއް އަރުވާފައެވެ.

މި ޒިޔާރަތާއި ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ، މިއީ އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރި ޒިޔާރަތެއް ކަމަށެވެ.

މީގެ އިތުުރުން ޖެންޑަރ މިނިސްޓްރީ ފަދަ އެކަމާއި ގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އެނދުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ