Follow us on
މީދޫ ކުޑަކުދިންގެ ޕާކަށް މިހާތަނަށް 230،000 ރުފިޔާ ޚަރަދުކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫ ކައުންސިލުން ތަރައްޤީ ކުރާ ކުޑަކުދިންގެ ޕާކަށް މިހާތަނަށް ދެ 230،000 ރުފިޔާ ހަރަދުކޮށްފިއެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކައުންސިލުން ވާޗުއަލްކޮށް ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވަނީ ކުޑަކުދިން ޕާކަށް ކުރި ހަރަދުތަކަށް އަލި އަޅުވާލާފައެވެ.

އެގޮތުން ޕާކުގެ ވަށާ ފާރުގެ މަސައްކަތަށް 93،000 ރުފިޔާ ހަރަދުކޮށްފައިވާއިރު ޕާކުގެ ފެންސުގެ މަސައްކަތަށް 107،000 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ތިން ފަހަރެއްގެ މަތިން ޕާކު ހަދާ ސަރަހައްދު ނޮޅާ ސާފު ކުރުމަށްވެސް ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ ކައުންސިލްގެ ބަޖެޓުންނެވެ.

ކުޑަކުދިންގެ ޕާކުގެ މަސައްކަތަކީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އެގޮތުން ޕާކަށް ބޭނުންވާ ސާމާނު ޔޫތު މިނިސްޓްރީން ވަނީ ފޯރުކޮށްދީފައެވެ.

މިއީ ކައުންސިލުން މީދޫގައި ތަރައްޤީ ކުރާ ފުރަތަމަ ޕާކުކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތަކީ 3 ވަނަ ދައުރުގެ ކައުންސިލުން ފެށި މަސައްކަތެކެވެ.

ޚިޔާލު ފާޅުކުރައްވާ