Follow us on
ރ. ދުވާފަރުން 700 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިއްޖެ
| އިބްރާހިމް ރަފްހާން

ހުއްޓުމެއް ނެތި ކޯވިޑް ފެތުރެމުންދާ ރ. ދުވާފަރުގެ ކޯވިޑް އަދަދު 700 އަށްވުރެ މައްޗަށް އަރައިފިއެވެ.

ދުވާފަރު ސިއްޙީ މަރުކަޒުން ރޭ އާއްމުކޮށްފައިވާ ގޮތުގައި އެރަށުން މިހާތަނަށް ވަނީ 732 މީހަކު ކޯވިޑަށް ފައްސިވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ރަނގަޅު ނުވެ ތިބީ 174 މީހުންނެވެ.

ދުވާފަރަކީ މިހާރު މޮނިޓަރިންގ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށްކަން ފާހަގަކޮށްލެވެއެވެ. ދުވާފަރު މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ރ. ދުވާފަރުން ކޯވިޑް ބަލީގައި 4 މީހަކު ނިޔާވެފައިވެއެވެ. އަދި އިތުރު ފަރުވާ އަށްވެސް ބައެއް މީހުން އޭދަފުށި ފެސިލިޓީއަށް ފޮނުވާލާފައިވެއެވެ.

ދުވާފަރަކީ މިހާރު ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މޮނިޓަރިންގ ހާލަތުގައި އޮތް ހަމަ އެކަނި ރަށެވެ.

ޚިޔާލު ފާޅުކުރައްވާ