Follow us on
ސެޓް ކޫލްއިން ކުޑަކުދިންގެ ޕާކުގެ ފެންސުގެ މަސައްކަތް ނިންމާލައިފި
| އިބްރާހިމް ރަފްހާން

ސެޓްކޫލްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ރ. މީދޫ ކުޑަކުދިން ޕާކުގެ ފެންސުގެ މަސައްކަތް ނިންމާ ކައުންސިލާއި ހަވާލުކޮށްފިއެވެ.

58 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަސައްކަތް އެ ކުންފުނިން ވަނީ ދުވަހަށް ނިންމާލާފައެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ، މަސައްކަތް ކޮށްފައިވާ ގޮތާމެދު ކައުންސިލުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ކޯވިޑްގެ ސަބަބުން ރަށް މޮނިޓަރިންގ ހާލަތަށް ގެނައި އިރުވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސް ދުވަހަށް ނިންމާފައިވުމުން އެނގިގެންދަނީ ސެޓް ކޫލްގެ ހުރި ޤާބިލްކަން ކަމަށެވެ.

މި މަސައްކަތަކީ ކައުންސިލްގެ ބަޖެޓުން 107،000 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

ޚިޔާލު ފާޅުކުރައްވާ