Follow us on
މެދުކެނޑުމަކަށްފަހު ޓާރފް ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އަލުން ފަށައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ސަރުކާރުން ތަރައްޤީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އަލުން ފަށައިފިއެވެ.

ދަނޑަށް ބޭނުންވާ ވެލި ލިބުމުގެ ދަތިކަން ހުރުމާއިއެކު މަސައްކަތް ހުއްޓިފައި އޮންނަތާ 3 މަސް ފަހުން އަލުން މަސައްކަތް ފަށާފައިވާއިރު ހޯމަ ދުވަހު ވަނީ ދަނޑަށް ބޭނުންވާ ވެލި މީދޫއަށް ގެނެސްފައެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރު.ޑީ.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ހުއްޓުނީ ދަނޑުގެ ސާރވޭ ހެދި ފަރާތްތަކުން ހެދި ސާރވޭގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް މަޢޫލޫމާތު ލިބެއެވެ. އެގޮތުން ދަނޑަށް ބޭނުންވާ ވެލި މީދޫއިން ލިބޭނެކަމަށް ބެލި ނަމަވެސް މީދޫގައި ހުރި ވެލި ފުނިތަކުން ދަނޑަށް ބޭނުންވާ ވަރަށް ވެލި ލިބިފައިނުވާތީ އާރު.ޑީ.ސީން ވެލި ހޯދުމަށް މިދިޔަ މަސްތެރޭގައި އިޢުލާންކޮށްފައިވެއެވެ.

ރ. މީދޫގައި ތަރައްޤީ ކުރާ ޓާރފް ދަނޑުގައި ޓާރފް އެޅުމަށް ޔޫތު މިނިސްޓްރީން މިހާރުވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ޚިޔާލު ފާޅުކުރައްވާ