Follow us on
ރަށުން ބޭރުން މީދޫއަށް އަންނަ ފަރާތްތަކުން މާސްކު އަޅައިގެެން އުޅުމަށް މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
| އިބްރާހިމް ރަފްހާން

ރަށުން ބޭރުން މީދޫއަށް އަންނަ ފަރާތްތަކުން މާސްކު ނާޅާ ރަށުތެރޭގައި އުޅޭކަން ފާހަގަކުރެވިފައިވާކަމަށާއި އެކަން އިސްލާޙު ކުރުމަށް މީދޫ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ރ. މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ، މީދޫއަކީ ދާދި ފަހުން މޮނިޓަރިންގ އިން ނެގި ރަށަކަށްވެފަ މިހާރުވެސް އަތޮޅުތެރޭގެ ރަށްތަކުން ކޯވިޑްގެ ކޭސްތައް ފެންނަމުންދާއިރު ރަށުން ބޭރުން މީދޫއަށް އަންނަ ފަރާތްތަކުން މާސްކު އަޅުއްވާ އުސޫލުތަކަށް ތަބާވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، މިއީ މީދޫ ރައްޔިތުންނާއި ރަށުން ބޭރު ފަރާތްތަކުގެވެސް ސަލާމަތާއި ރައްކާތެރިކަމަށް ކުރާ އިލްތިމާސްއެއް ކަމަށެވެ. މީގެ އިތުރުން މީދޫ ރައްޔިތުންނަކީ މިހާރު ވަރަށް ގަވައިދުން މާސްކު އަޅައިގެން އުޅޭ ރައްޔިތުންތަކެއްކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ޖޫން މަހުގެ 30 ވަނަ ދުވަހު މޮނިޓަރިންގ ހާލަތަށް ގެނައުމަށްފަހު މޮނިތަރިންގ ހާލަތުން ނަގާފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

މޮނިޓަރިންގ ހާލަތުން ނެގި ފަހުން ކޮންމެ ދުވަހަކުވެސް އެކި ބޭނުންތަކަށް ރަށުން ބޭރުން ގިނަ ބަޔަކު މީދޫއަށް އަންނަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ