Follow us on
އަމާޒަކީ ރ. އަތޮޅުގެ ހުރިހާ ރަށެއްގައި އަތޮޅު ކައުންސިލްގެ ޖަލްސާތައް ބޭއްވުން – ނާސިފް
| އިބްރާހިމް ރަފްހާން

ރ. އަތޮޅު ކައުންސިލްގެ އަމާޒަކީ އަތޮޅު ކައުންސިލްގެ ޖަލްސާތައް ހަމައެކަނި އުނގޫފާރުގައި ބޭއްވުމުގެ ބަދަލުގައި އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ބޭއްވުންކަމަށް ރ. އަތޮޅު ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.

ނާސިފް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު މީދޫގައި ބޭއްވި އަތޮޅު ކައުންސިލްގެ މި ދައުރުގެ 9 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނާސިފް ވިދާޅުވީ، މީދޫގައި ބޭއްވުނު ޖަލްސާއަކީ މިކަމުގެ ފެށުމެއް ކަމަށާއި މީދޫގައި ޖަލްސާ ބޭއްވުމަށް މީދޫ ކައުންސިލުން އިންތިޒާމްކޮށްފައިވާ ގޮތް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ކުރިއަށް އޮތްތާ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޖަލްސާތައް ބޭއްވުމަށް މަސައްކަތް ކުރާނެކަމަށް ނާސިފް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު މީދޫގައި ބޭއްވި ޖަލްސާއަކީ އަތޮޅު ކައުންސިލްގެ މި ދައުރުގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ހާއްސަ ޖަލްސާއެކެވެ. މި ޖަލްސާގައި އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ބައިވެރިވެލައްވާފައިވެއެވެ.

މި ޖަލްސާގައި ނެގި ސިއްރު ވޯޓުން އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް އިންތިހާބުވެލައްވާފައިވަނީ އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުالله ރަޝީދުއެވެ.

ޚިޔާލު ފާޅުކުރައްވާ