Follow us on
އުއްމީދީ ސައްލާގެ ހާއްސަ އެޕިސޯޑެއް މިރޭ ޕްރޮފެސަރ އުގައިލް އާއެކު ކުލަބުހައުސްގައި!
| އިބްރާހިމް ރަފްހާން

ރ. މީދޫ އުއްމީދު ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ‘އުއްމީދީ ސައްލާ’ގެ ހާއްސަ އެޕިސޯޑެއް މިރޭ 9:00 ގައި ކުލަބްހައުސްގައި އޮންނާނެއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެލައްވަނީ ޕްރޮފެސަރ އުގައިލް ހަސަންއެވެ. މިރޭގެ ފޯރަމްގެ މަޢުޟޫއުއަކަށް ކަނޑައަޅާފައިވަނީ ‘ޤައުމު ބިނާ ކުރުމުގައި ޢިލްމާއި ޙިލްމުގެ މުހިއްމުކަން’ މި މަޢުޟޫއުއެވެ.

މި ފޯރަމް މެދުވެރިކޮށް ޕްރޮފެސަރ އުގައިލްއާއި ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

އުއްމީދުން އިސްނަގައިގެން ކުރިއަށް ގެންދާ ‘އުއްމީދީ ސައްލާ’ ގެ ދެ ފޯރަމްއެއް މީގެ ކުރިންވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ފުރަތަމަ ފޯރަމް ސިއްޙީ ހިދުމަތްތެރިންނަށް ހާއްސަކުރި އިރު ދެވަނަ ފޯރަމް ހާއްސަކޮށްފައިވަނީ ރ. މީދޫ ޓާސްކްފޯސްގެ މަސައްކަތްތަކަށެވެ.

 

 

ޚިޔާލު ފާޅުކުރައްވާ