Follow us on
ރ. މީދޫ ސިއްޙީ މަރުކަޒުގައި ތައިރޮއިޑް ޓެސްޓު ހިމެނޭހެން މުހިއްމު ޓެސްޓުތަކަށް ހަދަން ފަށައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީގައި އިތުރު މުހިއްމު ޓެސްޓުތަކެއް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، އަލަށް ހަދަން ފަށާ ޓެސްޓުތަކުގެ ތެރޭގައި ހިމެނެނީ ތައިރޮއިޑް ޕްރޮފައިލްގެ ޓެސްޓުތަކުގެ އިތުރުން ހަކުރު ބައްޔާއި ގުޅޭ ޓެސްޓަކާއި ސީރަމް ފެރިޓީން ޓެސްޓެވެ.

ތައިރޮއިޑް ޕްރޮފައިލްގައި ހިމެނޭ ޓެސްޓުތަކަކީ ތައިރޮއިޑް ބަލި ދެނެގަތުމާއި އަދި އެ ބައްޔަށް ފަރުވާ ކުރަމުންދާ ފަރާތްތަޖުގެ ބަލީގެ ހާލަތު ދެނެގަތުމަށް ހެދޭ މުހިއްމު ޓެސްޓުތަކެކެވެ. ތައިރޮއިޑް ބައްޔަށް ފަރުވާ ކުރަމުންދާ ފަރާތްތަކުން މިހާރު ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ދާން ޖެހޭއިރު މިއީ އެ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުއިއެކެވެ.

މީގެ އިތުރުން އެޗް.ބީ.އޭ1ސީ ޓެސްޓަކީ ހަކުރު ބަލި ދެނެގަތުމާއި އަދި އެ ބައްޔަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މުހިއްމު ޓެސްޓެއްކަމަށް ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއެވެ.

ދެން އަލަށް ފެށި ސީރަމް ފެރިޓިން އަކީ އަޔަން ޑެފިޝިއަންސީ، އެމީނިއާ އަދި ތެލެސީމިޔާ ފަދަ ބަލިތަށް ތަޙައްމަލު ކުރަމުންދާ ފަރާތްތަޖަށް ބަލި މީހާގެ ޙާލަތު ދެނެގަތުމަށް ހެދޭ މުހިންމު ޓެސްޓެއްކަމަށް ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއެވެ.

ސިއްޙީ މަރުކަޒުގެ ލެބޯޓަރީން މި ހިދުމަތްތައް ދޭން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ