Follow us on
ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްއަކަށް އުނގޫފާރު ރައީސް އަބްދުالله ރަޝީދު!
| އިބްރާހިމް ރަފްހާން

ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްއަކަށް އުނގޫފާރު ރައީސް އަބްދުالله ރަޝީދު އިންތިހާބުވެ ވަޑައިގެންފިއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް މި މަޤާމަށް އިންތިހާބުވެލެއްްވީ ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ހުސައިންއާއި ވާދަކުރައްވައިގެންނެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމަށް ނެގި ވޯޓުގެ ފުރަތަމަ ބުރުގައި ދެ ބޭފުޅުންނަށްވެސް 8 ވޯޓު ލިބިލެއްވުމާއެކު ދެވަނަ ބުރެެއްގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދެވަނަ ބުރު އުނގޫފާރު ރައީސް ކާމިޔާބު ކުރެއްވީ 10 ވޯޓާއިއެކުއެވެ. އަޙްމަދު ހުސައިން އަށް ލިބިލެއްވީ 6 ވޯޓެވެ.

ޚިޔާލު ފާޅުކުރައްވާ