Follow us on
އަތޮޅު ކައުންސިލްގެ ޖަލްސާ މިއަދު 5 ޖަހާއިރު، މީދޫ ޓައިމްސްއިން ލައިވް ކުރާނެ
| އިބްރާހިމް ރަފްހާން

ރ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާ މިއަދު ހަވީރު 17:00 މީދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ ހޯލްގައެވެ. މި ޖަލްސާއަކީ މިދައުރުގެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ހާއްސަ ޖަލްސާއެކެވެ.

މިއީ އަތޮޅު ކައުންސިލްގެ ޖަލްސާއެއް އުނގޫފާރުން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ މި ބައްދަލުވުމަށް ރ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުން މީދޫއަށް ވަޑައިގަންނަވާނެއެވެ.

މިއަދުގެ މި ޖަލްސާ މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ