Follow us on
މަންދު ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
| އިބްރާހިމް ރަފްހާން

މަންދު ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،

މިފަހަރުގެ އިންޓޭކުގައި ޖުމްލަ 37 ކޯހަށް، ސެޓްފިކެޓް ލެވެލް 3 އިން މާސްޓާސްއަށް ވަނީ ހުޅުވާލާފައެވެ.

މިފަހަރުގެ އިންޓޭކުގައި ކޯސްތައް އަމާޒު ކުރެވިފައިވާ ދާއިރާތަކަކީ ބިޒިނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމެންޓު، ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ، ޓީޗިން ޕްރައިމަރީ – މިޑިލް އަދި ސެކެންޑަރީ، އިންފިމޭޝަން ޓެކްނޮލޮޖީ އަދި ކޮމްޕިއުޓަރ ސައިންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސްޕެޝިއަލް ނީޑްސް އެޑިއުކޭޝަން، ހިއުމަން ރިސޯސަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެޑިއުކޭޝަނަލް ލައިބްރޭރިއަންޝިޕް އެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން މަންދު ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް އެޕްލައިކޮށް ކިޔެވުން ކުރިއަށް ގެންދެވޭނެކަމަށް އެ ކޮލެޖުން މަޢުލޫމާތުދެއެވެ. އެ ކޮލެޖުގައި ކުރިއަށް ގެންދާ ހުރިހާ ކޯށްތަކަކީވެސް އެމް.ކިޔު.އޭ ގަބޫލްކުރާ ކޯސްތަކެކެވެ.

އެ ކޮލެޖުގެ ކޯސްތަކަށް އެޕްލައި ކުރެވޭނީ ކޮލެޖުގެ ވެބްސައިޓޫ www.mandhucollege.edu..mv މެދުވެރިކޮށެވެ. މަންދު ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކުގެ ކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 9750055 އަށް ގުޅުއްވުމަށް އެ ކޮލެޖުން އެދެއެވެ.

މަންދު ކޮލެޖަކީ މެދުކެނޑުމެން ނެތި 20 އަހަރު، ކަނޑުހުރަސްކޮށް ތަޢުލީމު ސީދާ ރަށަށް، ރާއްޖޭގެ އަމިއްލަ ވާޗުއަލް ކެމްޕަހެއް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކޮލެޖެވެ.

ޚިޔާލު ފާޅުކުރައްވާ