Follow us on
ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ މީދޫގައި ބާއްވަނީ
| އިބްރާހިމް ރަފްހާން

ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ކައުންސިލްގެ ބައްދަލުވުން ރ. މީދޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބައްދަލުވުން ބޭއްވުމަށް އެޖެންޑާ ކުރެވިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ ހޯލްގައި ކަމަށެވެ.

މިއީ މިދައުރަށް އިންތިހާބުވި އަތޮޅު ކައުންސިލްގެ މެމްބަރުން އެކީގައި ބާއްވާ ފުރަތަމަ ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ. ރ. އަތޮޅުގެ ކޯވިޑް ހާލަތު ގޯސްވެފައިވާތީ ކައުންސިލްގެ ބައްދަލުވުންތައް ބާއްވަމުން ގެންދިޔައީ ވާޗުއަލްކޮށެވެ.

ކައުންސިލްގެ މި ބައްދަލުވުމަކީ އުނގޫފާރުން ބޭރުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުންކަންވެސް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ