Follow us on
މޫސުން ވަރަށް ގޯސް، ކަނޑުދަތުރު ކުރާއިރު ސަމާލުވެލައްވާ!
| އިބްރާހިމް ރަފްހާން

މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާތީ ދަތުރު ކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ކަނޑުމަތީގެ  ތަފާތު ހާދިސާތައް ހިނގަމުންދާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެފައިވާއިރު ހުރިހާ ހިސާބަކަށްވެސް ރާޅު އަރާނެކަމަށް ލަފާކޮށް  މެޓް އޮފީހުންވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުން ގޯސްވެފައިވާއިރު މިއަދު ހެނދުނުވެސް ވަނީ ދޯންޏެއް އަޑިއަށް ގޮސް 9 މީހަކު ކަނޑުވެފައެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ