Follow us on
ދުވާފަރުގައި ހިނގާދިޔަ ކަންތަކުގައި ސިއްޙީ މަރުކަޒުގެ ބޮޑެތި އިޙުމާލުތަކެއް ހުރިކަމަށް ފާހަގަކުރެވޭ – ނާސިފް
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުގައި ކޯވިޑް ބަލީގައި ބުރާސްފަތި ދުވަހު މީހަކު ނިޔާވެގެންދިއުމުގައި އެރަށު ސިއްޙީ މަރުކަޒުގެ ބޮޑެތި އިޙުމާލުތަކެއް ހުރިކަމަށް ފާހަގަކުރެވޭ ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ނާސިފް ވިދާޅުވީ، ދުވާފަރުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފަދަ ކަމެއް ހިނގާދިޔަ ގޮތް އޮޅުން ފިލުވުމަށް ދުވާފަރު ކައުންސިލްގެ މެމްބަރުންނަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރަށްވެސް ގުޅުއްވިކަމަށާއި އެކަމުގައި ދުވާފަރު ސިއްޙީ މަރުކަޒުގެ ބޮޑެތި އިޙުމާލުތަކެއްގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެ ކޭސްގައި އެޓެންޑުވުމުގައި ލަސްތަކެއް ހުރިކަމަށް ފާހަގަ ކުރެވޭކަމަށެވެ.

މީގެ އިތުރުން ނާސިފް ވިދާޅުވީ، ދުވާފަރު ފަދަ ބޮޑު އާބާދީއެއްގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔަ އިރުގައިވެސް އެރަށު ސިއްޙީ މަރުކަޒުގައި ވެންޓިލޭޓަރެއް ނެތުމަކީ ބޮޑު އިޙުމާލެއްކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މިކަމުގައި އަޅުގަނޑު ދޫ ނުދޭނަން. އިޙުމާލުވީ ފަރާތްތަކުގެ ކަންތައް ބަލާ ސަރުކާރުގެ ތެރެއިން މިކަމަށް ޙައްލު ހޯދުމަށް ކުރެވެން ހުރިކަމެއް ކުރާނަން _ ނާސިފް

ރ. ދުވާފަރުގައި ކޯވިޑަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވުމުގައި އިޙުމާލުތަކެއް ހުރިކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު ރޭގައި ވަނީ އެރަށު ސިއްޙީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. ނުރުހުން ފާޅުކުރި ފަރާތްތައް ހުއްޓުވުމަށް އުނގޫފާރުން ފުލުހުންގެ ޓީމެއްވެސް އެރަށަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ