Follow us on
ދުވާފަރުގެ ހާލަތު ގޯހުން ގޯހަށް، ރައްޔިތުން ސިއްޙީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާ ކުރަނީ!
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުން ކޯވިޑް ބަލީގައި މިއަދު މީހަކު ނިޔާވެފައިވާއިރު ރައްޔިތުންގެ ބަޔަކު ސިއްޙީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާއަށް ނިކުމެފައިވަނީ ކޯވިޑްގެ ކަންތަކުގައި ކަމާ ބެހޭ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ބުނެއެވެ.

އެގޮތުން މިއަދު ނިޔާވި ފަރާތާއި މެދު ޢަމަލު ކުރެވުނު ގޮތާއި މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު އެރަށުގައި މިވަގުތު ހުރީވެސް އެންމެ ޑޮކްޓަރެއްކަން ފާހަގަކޮށްލެވެއެވެ.

ދުވާފަރުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ފައްސިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ