Follow us on
މޮނިޓަރިންގ ހާލަތުން ނެގުމަށް ރ. މީދޫއިން 81 ރެންޑަމް ސާމްޕަލް ނަގައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ރަށުތެރެއިން 81 ރެންޑަމް ސާމްޕަލް ނަގައިފިއެވެ.

ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުއެވެ. އަދި މި ސާމްޕަލްތައް މިއަދު އުނގޫފާރަށް ފޮނުވާލެވިފައިވާކަމަށް ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއެވެ.

ކޯވިޑް 19 އަށް 4 މީހަކު ފައްސިވުމާއި ގުޅިގެން ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު ފައްސިވެފައިވަނީ ބަލީގެ ޢަލާމާތްތައް ފެނިގެން ޓެސްޓުކުރި ‘ހަޒާރު’ ބޯޓުގެ 4 ފަޅުވެރިންނެވެ.

އޭގެ ފަހުން އެ ކޭސްއާއި ގުޅިގެން ގިނަ ބަޔަކު ފައްސިވި ނަމަވެސް ރަށުގެ ހާލަތު ރަނގަޅުވެ، މިވަގުތު ކޯވިޑް ބަލި ޖެހިފައި ތިބީ 12 މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ