Follow us on
ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދު 12 އަށް ތިރިވެއްޖެ
| އިބްރާހިމް ރަފްހާން

ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދިޔަ ރ. މީދޫގައި ބަލި ކޮންޓްރޯލް ކުރެވި، ރަށުގެ އެކްޓިވް ކޭސްގެ އަދަދު 12 އަށް ތިރިވެއްޖެއެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު ފައްސިވެފައިވަނީ ބަލީގެ ޢަލާމާތްތައް ފެނިގެން ޓެސްޓުކުރި ‘ހަޒާރު’ ބޯޓުގެ 4 ފަޅުވެރިންނެވެ.

ހަމަ އެދުވަހު ޓާސްކްފޯސްގެ ލަފާގެ މަތިން ކައުންސިލުން ރަށް ފުރަބަންދުކޮށް 14 ދުވަހުގެ މުއްދަތަށް ފުރަބަންދުގެ ހާލަތު ދެމެހެއްޓިއެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

ރ. މީދޫގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާއިރު ރަށް މޮނިޓަރިންގ ހާލަތުން ނެގުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ