Follow us on
59 ރެންޑަމް ސާމްޕަލް ނައްސި، ޕެންޑިންގ ގައި 1 ސާމްޕަލް!
| އިބްރާހިމް ރަފްހާން

ޖުލައި 22 ވަނަ ދުވަހު ނެގި 60 ރެންޑަމް ސާމްޕަލްގެ ތެރެއިން 59 ސާމްޕަލްގެ ނަތީޖާ ލިބިއްޖެއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި މިހާތަނަށް ނަތީޖާ ލިބުން 59 ސާމްޕަލް ނައްސިވެފައިވާ ކަމަށާއި، އަދި މިހާތަނަށް 1 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ.

ރ. މީދޫއިން ނަގާފައިވާ ރެންޑަމް ސާމްޕަލްތަކަކީ ރަށް މޮނިޓަރިންގ ހާލަތުން ނެގުމަށް ނަގަން ޖެހޭ ސާމްޕަލްތަކުގެ ތެރެއިން ބައެކެވެ. މޮނިޓަރިންގ ހާލަތުން ނެގުމަށް އަދި 40 ސާމްޕަލް ނަގަން ޖެހޭކަމަށް މަޢުލޫމާތު ލިބެއެވެ.

ރ. މީދޫއާއި މާލެއާއި ދެމެދު ދަތުރު ކުރާ ‘ހަޒާރު ބޯޓު” ގެ ހަތަރު ފަޅުވެރިން ކޯވިޑަށް ފައްސިވުމާއި ގުޅިގެން ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

 

ޚިޔާލު ފާޅުކުރައްވާ