Follow us on
ޖުލައި 22 ގައި މީދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ލިބެން ފަށައިފި، 16 ސާމްޕަލް ނައްސި!
| އިބްރާހިމް ރަފްހާން

ޖުލައި 22 ވަނަ ދުވަހު ރ. މީދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ލިބެން ފަށައިފިއެވެ.

ޖުލައި 22 ވަނަ ދުވަހު ރ. މީދޫއިން ވަނީ 60 ރެންޑަމް ސާމްޕަލް ނަގާފައެވެ. މީގެ ތެރެއިން 16 ސާމްޕަލްއެއްގެ ނަތީޖާ މިހާތަނަށް ލިބިފައިވާއިރު މި 16 ސާމްޕަލް ވަނީ ނައްސިވެފައެވެ.

ރ. މީދޫއާއި މާލެއާއި ދެމެދު ދަތުރު ކުރާ ހަޒާރު ބޯޓުގެ 4 ފަޅުވެރިން ކޯވިޑަށް ފައްސިވުމާއި ގުޅިގެން ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ހަމަ އެ ދުވަހު ރަށް މޮނިޓަރިންގ ހާލަތަށް ގެނެސް 14 ދުވަހުގެ މުއްދަތަަށް ރަށް ފުރަބަންދުކޮށްފައިވެއެވެ. އޭގެ ފަހުން ކޭސްތައް މައްޗަށް ދިޔަ ނަމަވެސް މިހާރު ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 17 އެވެ.

ޚިޔާލު ފާޅުކުރައްވާ