Follow us on
އީނާސްގެ ކިޑްނީ ބަދަލު ކުރުމަށް ބޭނުންވަނީ ތިބޭފުޅުންގެ އެހީ!
| އިބްރާހިމް ރަފްހާން

ރ. މީދޫ، ދޭލިޔާގެ އީނާސް އަޙްމަދުގެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށް މަސައްކަތް ކުރަމުންދާއިރު މިކަމަށް ބޭނުންވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަމެވެ.

އީނާސްގެ ކިޑްނީ ފެއިލްވެފައިވާކަން އިނގިގެންދިޔައީ ބަލިވެ ޑޮކްޓަރަށް ދެއްކުމަށް ފަހު ހެދި ޓެސްޓުތަކަކުންނެވެ. ޒުވާނުް އުމުރެއްގައި މިފަދަ ކަމަކާއި ކުރިމަތިލާން ޖެހުން ވެގެންދިޔައީ އީނާސް އަދި އީނާސްގެ ޢާއިލާއަށްވެސް ދަތިކަމަކަށެވެ.

އެހެންނަމަވެސް، ޢާއިލާގެ އުއްމީދު ކަނޑައެއް ނުލައެވެ. އަދި މިހާތަނަށް ޑޯނަރއެއް މުޅިން ހަމަ ނުޖެހުނު ނަމަވެސް އީނާސްގެ ޢާއިލާގެ އެންމެންވެސް ތިބީ ކިޑްނީ ދިނުމަށް ތައްޔާރަށެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރަމެވެ.

މިވަގުތުވެސް ގަވައިދުން ހަދަން ޖެހޭ ޑައިލަސިސް ހެދުމަށް އީނާސް މާލޭގައި ހުރި އިރު، މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމާއި އަދި ބޭރަށް ގޮސް ކިޑްނީ ބަދަލު ކުރުމުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހޭނެތީ އާޢިލާއިން އެދެނީ އެހީތެރިކަމެއް ދެވެން އޮތް ކޮންމެ ފަރާތަކުންވެސް ބޭސް ފަރުވާއަށް އެހީތެރިކަން ދެއްވުމަށެވެ.

އީނާސްއަށް އެހީތެރިވުމަށް ފައިސާ ފޮނުވުމަށް

ދިވެހި ރުފިޔާ އެކައުންޓް: 7730000100387
ޑޮލަރު އެކައުންޓް: 7730000155401
އެކައުންޓް ނަން: މުޙައްމަދު ޢިޤުބާލް (އީނާސްގެ ބޭބެ)

 

ޚިޔާލު ފާޅުކުރައްވާ