Follow us on
ރ. ދުވާފަރުން ކޯވިޑް ޖެހުނު ކުޑަކުއްޖަކު އިތުރު ފަރުވާއަށް އޭދަފުށި ފެސިލިޓީއަށް!
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުން ކޯވިޑް ޖެހުނު ކުޑަކުއްޖަކު އިތުރު ފަރުވާއަށް އޭދަފުށި ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.

މި ކުއްޖާ އިތުރު ފަރުވާއަށް އޭދަފުށްޓަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރުއެވެ. މީގެ ކުރިންވެސް ދުވާފަރުން އިތުރު ބަޔަކު އޭދަފުށްޓަށް ބަދަލުކޮށްފައިވެއެވެ.

އަދި މީގެ ތެރެއިން ދެ މީހަކު ނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ދުވާފަރުގައި ހަލުވިކަމާއެކު ކޯވިޑް ފެތުރެމުންދާއިރު މިހާތަނަށް 448 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި މިވަގުތު އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 155 މީހުން ތިބި ކަން ފާހަގަކޮށްލެވެއެވެ.

މިވަގުތު ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މޮނިޓަރިންގ ހާލަތުގައި އޮތީ ދުވާފަރު އަދި މީދޫއެވެ.

ޚިޔާލު ފާޅުކުރައްވާ