Follow us on
ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދު ދަށަށް، މިހާރު ބަލި ޖެހިފަ ތިބީ 32 މީހުން!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލިން ރަނގަޅުވެ ދޫކޮށްލައިފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި ފާއިތުވެދިޔަ 2 ދުވަހުގެ މަތިން 20 މީހަކު ވަނީ ދޫކޮށްލެވިފައެވެ. މިއާއެކު 50 އިން މަތީގައި ހުރި އެކްޓިވް ކޭސްގެ އަދަދު ވަނީ 32 އަށް ދަށްވެފައެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު ރަށް ފުރަބަންދުކޮށް 14 ދުވަހުގެ މުއްދަތަށް ފުރަބަންދުގެ ހާލަތު ދެމެހެއްޓިއެވެ. ރަށް ފުރަބަންދު ކުރުމާއެކު ކޮންޓެކްޓުންގެ އަދަދު ދަށްވެ ބަލި ފެތުރުންވެސް ކޮންޓްރޯލް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކަމާއި ބެހޭ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވަނީ ފުރަތަމަ ކޮޅު ހަރުދަނާ ފިޔަވަޅުތަކެއް އެޅި މީހުން ބޭރުތެރޭގައި އުޅުނު އަދަދު މަދު ކުރެވުމުންނެވެ.

ރަށުތެރޭގެ ހާލަތު ބެލުމަށް މިއަދު ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ