Follow us on
މިއަދު ނަތީޖާ ލިބުނު 14 ސާމްޕަލް ނައްސި!
| އިބްރާހިމް ރަފްހާން

މިއަދު ނަތީޖާ ލިބިފައިވާ 14 ސާމްޕަލްވެސް ކޯވިޑަށް ނައްސިވެފައިވާކަމަށް ރ. މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދީފިއެވެ.

މިއަދު ލިބިފައިވަނީ ޖުލައި 18 ގައި ނެގި ސާމްޕަލްތަކުގެ ނަތީޖާއެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމްޕަލްގެ ގޮތުގައި ނެގި 14 ސާމްޕަލްގެ ނަތީޖާ ވަނީ ނައްސިވެފައެވެ. ކޮންޓެކްޓް ޓްރޭސިންގ ގެ ތެރެއިން 18 ޖުލައި ގައި ނެގި 1 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ރަށް އެއްކޮށް ފުރަބަންދުކޮށް ބޭއްވި ނަމަވެސް، މިހާރު ރަށުގެ ޙާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 52 އެވެ.

ޚިޔާލު ފާޅުކުރައްވާ