Follow us on
މިއަދު ރ. މީދޫއިން އެކަކު ކޯވިޑަށް ފައްސި، 19 މީހުން ނައްސި!
| އިބްރާހިމް ރަފްހާން

މިއަދުވެސް ރ. މީދޫއިން މީހަކު ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.

މިއަދު ލިބިފައިވަނީ ޖުލައި 17 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާއެވެ. މިއަދު ފައްސިވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްއެކެވެ.

ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނެގި 15 މީހަކު ނައްސިވެފައިވާއިރު ފުރަބަންދު ރިލީޒް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނެގި 4 މީހަކުވެސް ވަނީ ކޯވިޑަށް ނައްސިވެފައެވެ.

މިވަގުތު ރ. މީދޫ އެކްޓިވް ކޭސްގެ އަދަދަކީ 52 އެވެ.

ޚިޔާލު ފާޅުކުރައްވާ