Follow us on
ރ. މީދޫގައި ޢީދު ނަމާދު ކުރުން އައްވާބީން އަދި ޒިންނޫރައިނި މިސްކިތުގައި!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި މާދަމާ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އައްވާބީން އަދި ޒިންނޫރައިނި މިސްކިތުގައެވެ.

މިސްކިތުގެ އިތުރުން މައިދާނުގައި ޢީދު ނަމާދު ކުރުމަށް ކައުންސިލުން މަސައްކަތް ކުރި ނަމަވެސް، ރަށް މޮނިޓަރިންގ ހާލަތުގައި އޮތުމުން މައިދާނުގައި ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނުލިބުނުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މާދަމާ ޒިންނޫރައިނި މިސްކިތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހަސަން ފަވާޒުއެވެ. އަދި އައްވާބީން މިސްކިތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ޒަޔާން ޝަރީފްއެވެ.

ޚިޔާލު ފާޅުކުރައްވާ