Follow us on
ގިނަ ދުވަސްތަކަށްފަހު މެމްބަރު އާދަމް ޝަރީފް ދާއިރާއަށް، މިއަދު ވަޑައިގެންނެވީ މަހަށް!
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ދާއިރާއަށް ނާދެވި ގިނަ ދުވަސްތަކަކަށްފަހު، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ޢުމަރު ދާއިރާއަށް ވަޑައިގެންފިއެވެ.

މިވަގުތު މެމްބަރު ހުންނެވީ ރ. މަޑުއްވަރީގައެވެ. އަދި މީދޫ މޮނިޓަރިންގ ހާލަތުން ނެގުމުން ނުވަތަ މޮނިޓަރިންގ އިން ނުނެގި ނަމަވެސް މި ދަތުރުގައި މީދޫއަށްވެސް ވަޑައިގަންނަވާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ދާއިރާއަށް ވަޑައިގެންނެވުމަށްފަހު، މީދޫ ޓައިމްސްއާއި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު ދާއިރާގެ ރައްޔިތުންނާއި ބައްދަލުވެލެއްވުމުން ވަރަށް އުފާވެލައްވާކަމަށެވެ.

މަޑުއްވަރީއަށް ވަޑައިގެންނެވުމަށްފަހު މެމްބަރު އާދަމް ޝަރީފް މިއަދު ވަނީ މަޑުއްވަރީ ޝަބާ 5 ދޯނިން މަހަށްވެސް ވަޑައިގަންނަވާފައެވެ.

އެ ދޯނިން މަހަށް ވަޑައިގެންނެވުމަށްފަހު މެމްބަރު ވިދާޅުވީ، މަސްވެރިންނާއެކު ވަގުތުތަކެއް ހޭދަކުރެވުމުން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ފެނިއްޖެކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ބޭނުންވާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ