Follow us on
ރ. މީދޫއިން ނެގި ފުލޫ ސާމްޕަލްއެއް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ނެގި ފުލޫ ސާމްޕަލްއެއް ކޯވިޑަށް ފައްސިވެއްޖެއެވެ.

ރ. މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި ކޯވިޑަށް ފައްސިވެފައިވަނީ ޖުލައި 16 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކިއިރު ބަލީގެ ޢަލާމާތްތައް ހުރުމުން ޓެސްޓުކުރި ފަރާތެކެވެ. ޖުލައި 16 ގައި ނެގި 15 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ 2 ސާމްޕަލްގެއެވެ. މީގެ ތެރެއިން 1 ސާމްޕަލްވަނީ ނައްސިވެފައެވެ.

ޖުލައި 15 ވަނަ ދުވަހުގެ ނެގި 29 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލްއެއްވެސް ފައްސިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެ 4 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަ ކުރެވުނު 4 މީހުންނެވެ.

ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 55 އެވެ.

ޚިޔާލު ފާޅުކުރައްވާ