Follow us on
ފީނަން އުޅުމުގެ ތެރޭގައި ކަރަށް ތޮޅިއެއްގެ ތުން ހެރުނު މަޑުއްވަރީ ޒުވާނާގެ ބޭސް ފަރުވާއަށް އެހީތެރިވެދެއްވާ!
| އިބްރާހިމް ރަފްހާން

ފީނަން އުޅުމުގެ ތެރޭގައި ކަރަށް ތޮޅިއެއްގެ ތުން ހަރާލުމުގެ ސަބަބުން އަނިޔާވެ އައި.ޖީ.އެމް.އެޗުގެ އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ ރ. މަޑުއްވަރީ ބުލޫ ހެވެން، ނޫމާން ބަޝީރުގެ ބޭސް ފަރުވާއަށް އެހީތެރިކަމަށް އެދިއްޖެއެވެ.

ނޫމާންގެ ކާއެއްޗެހި ދައުރުކުރާ ހޮޅި ފޫދިއުމުގެ ސަބަބުން ކާއެއްޗެއް ނުކެވޭކަމަށާއި ރާއްޖޭގައި ކަރުގެ އޮޕަރޭޝަން ކުރެވެން ނެތުމުން ރާއްޖެއިން ބޭރަށް ފުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާކަމަށް ނޫމާންގެ ކޮއްކޮވަނީ ބުނެފައެވެ.

މިގޮތުން ކުއްލިއަކަށް ބޭސްފަރުވާއަށް ދާން ޖެހުމުން ބޭސްފަރުވާގެ ކަންކަމަށް އާއްމުންގެ އެހީތެރިކަމަށް ބޭނުންވާކަމަށް އެ ޢާއިލާގެ ފަރާތުންވަނީ ބުނެފައެވެ.

މިގޮތުން ރުފިޔާ ޓްރާންސްފަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ފޮނުވުމަށް އެ ޢާއިލާއިން އެދެއެވެ.

އެކައުންޓް ނަމްބަރު: 7717523571101
އެކައުންޓް ނަން: އިބްރާހިމް ހަމްދޫން

ދުޢާއަކީ ނޫމާންއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން.

ޚިޔާލު ފާޅުކުރައްވާ