Follow us on
މިއަދު ނަތީޖާ ލިބުނު 86 ސާމްޕަލްގެ ތެރެއިން ފައްސިވީ 5 މީހުން!
| އިބްރާހިމް ރަފްހާން

މިއަދު ރ. މީދޫއިން ކޯވިޑް 19 އަށް ފައްސިވެފައިވަނީ 5 މީހުންނެވެ.

ޖުލައި 14 ވަނަ ދުވަހު ނެގި 90 ސާމްޕަލްގެ ތެރެއިން 86 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު 81 މީހުން ވަނީ ނައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީނު ކުރެވިފައިވާ 84 މީހަކު ރިލީޒް ކުރުމަށް ނެގުނު ސާމަޕްލްގެ ތެރެއިން ނައްސިވި 79 މީހަކާއި ހޯމް ކަރަންޓީނު ރިލީޒް ސާމަޕްލްގެ ގޮތުގައި ނެގި 1 ސާމްޕަލްއާއި ފުލޫ ކްލިނިކް ސާމްޕަލްގެ ގޮތުގައި ނެގި 1 ސާމްޕަލްއެވެ.

ކޯވިޑަށް ފައްސިވެފައިވަނީ، ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަކުރެވިފައިވާ 3 މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމަޕަލްގެ ގޮތުގައި ޓެސްޓުކުރި 2 މީހެކެވެ.

މިއަދު އަލަށް ފައްސިވި މީހުންނާއެކު ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 55 އެވެ.

ޚިޔާލު ފާޅުކުރައްވާ