Follow us on
ހަވީރު 16:00 ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާ، ރޭގަނޑު 21:00 އިން ފެށިގެން ކާފިއު!
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫގައި އިޢުލާންކުރި ފުރަބަންދު އުވާލި ނަމަވެސް މިއަދުން ފެށިގެން ހަވީރު 16:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ.

ރ. މީދޫ ކައުންސިލުން ރޭ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 16:00 އިން ފެށިގެން އެއްގަމުން އުޅަނދު ދުއްވުން މަނާ ކުރުމާއެކު އެޗްޕީއޭގެ އެންގުމުގައިވާ ގޮތަށް ރޭގަނޑު 21:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

ކާފިއު ވަގުތު ޒަރޫރީކަމެއްގައި ބޭރަށް ނިކުންނަން ބޭނުންވާނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގައިގެން ބޭރަށް ނިކުމެވޭނެއެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގއަށް ލާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ